ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ޑްރެޖިންގ މަސައްކަތްތަކާއި ޖެޓީ ހެދުމަށްޓަކައި ފޫޓިންގ ކާސްޓިންގް މަސައްކަތްތައް ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރަން ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ވެސް ހިމެނެއެވެ. އަދި ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުން ވެސް ހިމެނެއެވެ.

މި މަޝްރޫޢަކީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.