ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފަައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އޭގެއިތުރުން ވެލި ބަރުކޮށްގެން ބޭރުތޮށި ލުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 31,575.50 ކިއުބިކް މީޓަރުގެ ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 270 މީޓަރުގެ ސަަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން ވެސް 2583 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 64.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.