ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓިގެ ޗެއާޕަސަން ކަމަށް ކުރިމަތިލެއްވި މައިގަނޑު މަގުސަދު އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް ވިދާޅުވެދެއްވައިފިއެވެ.

އޭނާ ވިދާޅުވީ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމެވި މައިގަނޑު މަގުސަދަކީ ޕާޓީގެ އެތެރޭގެ ތަފާތުތައް ނައްތާލައި އެކަންކަން އެއްގޮތް ކުރުން ކަމަށެވެ. އޭގެ އިތުރުން 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ކާމިޔާބު ހޯއްދަވައި ދެއްވުމަކީ ވެސް މައިގަނޑު އެއް މަގުސަދު ކަމަށް ވިދާޅުވިއެވެ. މައިގަނޑު މަގުސަދަކީ "ޕާޓީގެ ތަފާތުތައް އެއްގޮތްކޮށް ޕާޓީ އެކްޓިވް ކުރުން. 2023 ގައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުން،" ވަރަށް ކުރުކޮށް ވަރަށް ސާފުކޮށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒާ އެންމެބޮޑަށް ވާދަކުރައްވާނޭ ކަމަށް ބެލެވެނީ މާފަންނު އުތުރުދާއިރާގެ މަޖިލިސް މެމްބަރ އަލްއުސްތާޛު އިމްތިޔާޒު ފަހުމީއެވެ.