ކޮމަންޑު ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ތިން ކޮމެޓީއެއްގައި ހިމަނުއްވައިފިއެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ އާއި އިމްތިޔާޒު ކޮމިޓީގައެވެ.

އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނިފައިވާގޮތަށް އައި ބަދަލު ހާމަ ކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މާލިއްޔަތު ކޮމިޓީއަށް އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރުން މުހައްމަދު މުމްތާޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޓީތަކަށް މެންބަރުން ހަމަޖައްސަވަނީ، އެމަނިކުފާނު ނޫން ކަމަށެވެ. އެއީ ޕާޓީތަކުން ނިންމާ ނިންމުންތަކާ އެއްގޮތަށް ކުރައްވާ އިއުލާނެއް ކަމަށް ވެސް ވިދާޅުވިއެވެ.