ހުޅުމާލެއިން ދިނުމަށް ކަނޑައަޅާފައިވާ 1000 ގޯތި ހިލޭ ދިނުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީ ސިޓީ އަކުން ހުށަހަޅާފައިވާނެކަމަށް މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު ހެދުނު ކުރެއްވި ޓްވީޓުގައި ވަނީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދޭން ނިންމަވާފައިވާ ކަމަށް މީޑިއާއިން ލިބޭ މައުލޫމަތަކީ ހަގީގަތެއް ނަމަ، ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ވެސް މި ގޯތިތަށް ހިލޭ ދެއްވުމަށް އެދިފައިވާ ވާކަމަށެވެ.
މީގެ ކުރިން މޭޔަރ ވިދާޅުވެފައިވަނީ ހުޅުމާލެއިން ގޯތި ދުކުރުމުގެ ކަންތައްތައް ކުރިއަށް ދަނީ ލާމަރުކަޒީ އުސޫލާއި ހިލާފަށްކަމަށެވެ.
މާލެއިން ގޯތި ދޫކުރުމުގެ ގާނޫނީ ޒިންމާ އޮންނަނީ ސިޓީ ކައުންސިލަށް ކަމަށްވާއިރު މިކަން ސިޓީ ކައުންސިލާއި ހިއްސާ ނުކުރާކަމުގެ ޝަކުވާތައް ވެސް މޭޔަރު ވަނީ ހުށަހަޅުއްވާފަ އެވެ.
"މި ކަމުގައި މާލެ ސިޓީ ކައުންސިލް އަދި އެއްވެސް ވަރަކަށް ބައިވެރިއެއް ނުކުރައްވާ، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ވެސް ސިޓީ ކައުންސިލް ބައިވެރި ކުރުވަން ޖެހޭ، އަދި މާލޭގެ ރައްޔިތުންގެ ކަންކަމުގައި ދުވަހުން ދުވަހަށް އުޅެން ޖެހޭ ބަޔަކީ ވެސް ސިޓީ ކައުންސިލް،" މުއިއްޒު
މީގެ އިތުރުން މުއިއްޒު ވިދާޅުވެފައިވަނީ މިކަމާއި ބެހޭ ގޮތުން ރައީސްގެ މަޝްވަރާއެއް ހޯދުމަށް ގުޅުއްވުމުން ފޯނަށް ޖަވާބު ދީފައި ނުވާއިރު ކޯލް ރިޓާން ކޮށްފައިވެސް ނުވާކަމަށެވެ. ސަރުކާރުގެ ކަމާއި ބެހޭ އިތުރު ފަރާތްތަކަށް ގުޅުއްވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ބުނެ މޭޔަރ ވަނީ މިކަމާއި މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.
1000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރަން ހަމަޖެހިގެން ދިޔައީ ބޯހިޔާވަހިކަމުގެ މަޝަރޫއުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުގެ މަސަކަތުން މާލޭގެ ރައްޔިތުންނައް އެމީހުންގެ އަމިއްލަ ބިމުން އެއްވެސް މިންވަރެއް ނުލިބޭތީ ފާޅުކުރި ކަންބޮޑުވުމުގެ ތެރެއިންނެވެ.
މިއީ ރައީސްގެ ރިޔާސީ ވައުދަކަން ވީއިރު އެކަމުގެ ފައިނޭންސް ހޯދަން އެމްޑީޕީއަށް ނޭނގޭނެކަމަށް ބުނެ މުއިއްޒު ވަނީ ފާޑުވިދާޅުވެފަ އެވެ.