ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށް ތާއީދު ކުރައްވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނިންމަވައިފި އެވެ.

އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަރުގަދަ ލީޑަރެއްކަން ފައްޔާޒު ސާބިތުކޮށްދީފައިވާ ކަމަށާއި ފައްޔާޒާއެކު އެމްޑީޕީ އިތުރަށް ވަރުގަދަ އަދި އިތުރު ކާމިޔާބީތައް ލިބިގެންދާނެ ކަމަށެވެ.