ކޮވިޑް-19 ޖެހިގެން ރޭގެ ވަގުތެއްގައި ދިވެއްސަކު މަރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ މީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެއާއެކު ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ އަދަދު 44 އަށް އެރީ އެވެ. އެޗްޕީއޭ އިން ބުނީ ރޭގެ ވަގުތެއްގައި މަރުވެފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އިއްޔެ ހެނދުނު ވެސް ވަނީ 79 އަހަރުގެ ދިވެހި އަންހެނެއް އެ ބަލީގައި މަރުވެފައިވެ އެވެ.