ހިޔާ ފްލެޓްތަކުގެ ބައެއް ޓަވަރުތަކުން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އެޗްޑީސީން ބުނީ ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ ޓަރު 9 އިން 16 އަށް ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެނުގެ ހިދުމަތް އެ ޓަވަރުތަކަށް ދިނުމަށް މަސައްކަތް ކުރަމުންދާއިރު 18 ވަނަ ފްލޯއިން މަތީގެ އެޕާޓްމަންޓްތަކަށް ފެނުގެ ހިދުމަތް ލިބުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތްދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.