ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތް ނިންމާ މިއަދު ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ހޯރަފުށީ ޑޮމެސްޓިކް އެއަރޕޯޓުގައި ދަތުރުކުރި ފުރަތަމަ ޓެސްޓް ފުލައިޓް ޖައްސާފައި ވަނީ މިއަދު ހެނދުނު 9:15 ހާއިރުގައެވެ. ޓެސްޓް ފްލައިޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ހއ. ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ހޯރަފުށީ އެއާޕޯޓަށް ގޮސްފައިވެއެވެ.

މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާ ވަނީ ތަރައްޤީކޮށްފައެވެ.

މިއެއަރޕޯޓުގައި މިއަދު ޓެސްޓް ފްލައިޓް ޖެއްސި އިރު، އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.