މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސްއިން ޑޭކެއަރ ސެންޓަރުތައް ހުޅުވުމަށް ހުއްދަދީފިއެވެ.
ކޯވިޑް-19ގެ ހާލަތުގައި މާލޭގައި ހިންގާ ޑޭ ކެއާ ސެންޓަރުތަކުގެ ޚިދުމަތް ފެށުމުގައި އަމަލު ކުރާނެ ގޮތްތައް އެކުލަވާލައި ނެރުނު އުޞޫލްގައި ވަނީ ސޮފްޓް ޓޯއިސް ބޭނުންނުކުރުމަށާއި އެހެނިހެން ކުޅޭ ސާމާނު ބޭނުން ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް ދޮވެ ހިއްކުމަށް އިލްތިމާސްކުރައްވާފައެވެ. މި އުޞޫލްގައި ވަނީ ކުދިން ކުޅޭ ސާމާނު ކޮންމެ ގްރޫޕެއް ނިމުމުން ވަކިން ސައިބޯނިލާ ސާފު ކުރަން ޖެހޭނެކަމަށެވެ.
ޑޭ ކެއާގެ ޚިދުމަތްތައް ފަށާއިރު، ކޮންމެ ޝިފްޓެއްގެ ކުރިން ތަން ޑިސްއިންފެކްޓް ކުރަން ޖެހޭއިރު ވަންނަ ދޮރު ކައިރީ އަތް ސެނިޓައިޒް ކުރެވޭނެ އިންތިޒާމްކޮށްފައި ހުންނަން ވާނެކަމަށް އުޞޫލްގައު ބަޔާންކޮށްފައި ވެއެވެ.
ޖެންޑަރ މިނިސްޓްރީގެ އުޞޫލްގައި ވަނީ ކުދިން ބަލަހައްޓާ މުވައްޒަފުން، ކުދިން ބަލަހައްޓާ ގަޑިތަކުގައި ތިބެން ވާނީ ސާޖިކަލް މާސްކު އަޅައިގެން ކަމަށާއި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުން ފޮތި މާސްކު އެޅުމަކުން މައްސަލައެއް ނެތް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ޑޭ ކެއަރ ސެންޓަރ ތައް ހުޅުވުމުގެ ހުއްދަދޭނީ މި އުޞޫލާ އެއްގޮތަށް ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ތަންތަނަށްކަމަށެވެ. އެގޮތުން އެ ތަންތަނަށް 30 ނޮވެންބަރުން ފެށިގެން ހުއްދަ ދެވޭނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.