މި ހިނގާ މާރިޗުމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މުޅިރާއްޖެއިން ކޮވިޑް ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު 143،477 އަށް އަރައިފި ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ. އެތަނުން ވިދޅުވީ މުޅިރާއްޖެއިން މިހާތަނަށް ކޮވިޑް-19 ގެ ފުރަތަމަ ވެކްސިން ފުރިހަމަ ކޮށްފައިވަނީ 398،348 މީހުން ކަމަށެވެ. ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 371،439 މީހުން ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ.

މިމަހު 12 ވަނަ ދުވަހު ރާއްޖެއިންކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 33 މީހެކެވެ. ދެވަނަ ޑޯޒް 29 މީހެކެވެ. ބޫސްޓަރ ޑޯޒް އެދުވަހު ފުރިހަމަ ކޮށްފައިވަނީ 1238 މީހެކެވެ.

އެދުވަހު މާލޭ ސަރަހައްދުން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 4 މިހެކެވެ. އަތޮޅުތަކުން ފުރަތަމަ ޑޯޒް އެދުވަހު ޖަހާފައިވަނީ 29 މީހެކެވެ. މާލޭ ސަރަހައްދުން ދެވަނަ ޑޯޒް ޖަހާފައިވަނީ 10 މީހެކެވެ. އަތޮޅުތަކުން ދެވަނަ ޑޯޒް އެދުވަހު ޖެހީ 19 މީހެކެވެ. މާލޭ ސަރަހައްދުން ބޫސްޓަރ ޑޯޒް ބާރަވަނަ ދުވަހު ޖަހާފައިވަނީ 270 މީހެކެވެ. އަތޮޅުތެރެއިން ބޫސްޓަރ ޑޯޒް އެދުވަހު ޖަހާފައިވަނީ 968 އެވެ.