މާލޭގައި ގެއެއްގެ ތެރޭގައި ވަޅުލާފައި ހުރި 42 ކިލޯގެ ހިރޮއިން އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިއްޔެއްސުރެ ޕޮލިހުން މާލޭގައި ހިންގަމުންދިޔަ އޮޕަރޭޝަނެއްގައި 42 ކިލޯގެ ހިރޮއިން އަތުލައިގެންފައިވާކަމަށެވެ. އަދި މިތަކެތި ހޯދާފައިވަނީ މާފަންނު ގެއެއްގެ ތަޅުންގަނޑުގެ ދަށުގައި ހުއްޓާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކުރެވިފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.

މި ތަކެތި ހޯދާފައިވަނީ މާފަންނުގައި ހުންނަ ފުލުހުންގެ އެފްސީޕީޑީ ކުރިމަތީގައި ހުރި ގެއަކުންނެވެ.