ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް މާލޭގެ ސުކޫލް ތަކުން 20 ދަރިވަރުން ބައިވެރިވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލޭގެ އެކި ސްކޫލްތަކުގެ 20 ދަރިވަރެއް ޖަލްސާ އަޑުއެހުމަށް ބައިވެރިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާއި އެކުގައި މިއަދު ޖަލްސާގައި އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވާ ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންނާއި ހިރިޔާ ސްކޫލްގެ ދަރިވަރުންނާއި މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނާއި ތާޖުއްދީން ސްކޫލްގެ ދަރިވަރުންނާއި އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނާއި އިސްކަންދަރު ސްކޫލްގެ ދަރިވަރުންނާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނާއި އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން. މުޅި ޖުމްލަ 20 ކުދިން އެބަ ޖަލްސާ އަޑުއަހާ"

އިތުރަށް މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަޑުއެހުން ސްކޫލްތަކުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށާއި މަދަރުސާ ކުދިންގެ ހޭލުންތެރި ކަމަށްވެސް އިންތިހާއަށް ބޭނުންތެރި ކަމެއް ކަމަށެވެ.