"ފެނަކަ އާއިލީ ޤުރުއާން މުބާރާތް 1443" ޒޯން 1 ގައި ފަށައިފި(ށ.އަތޮޅާއި ނ.އަތޮޅު) ގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މި މުބާރާތަކީ ފެނަކަ ރެކްރިއޭސަން ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާންމަހުގައި ބާއްވާ ޤުރުއާން މުބާރާތެކެވެ. މިއީ މި ގޮތަށް ބޭއްވޭ 5 ވަަނަ މުބާރާތް ކަމަށް ފެނަކައިން ވިދާޅުވިއެވެ. އެކުންފުނީން ވިދާޅުވީ މީގެ ކާމިޔާބު މުބާރާތްތަކެއް 2019 ވަނަ އަހަރުވެސް ރާއްޖޭގެ 4 ސަރަހެއްދެއްގައި ވަނީ ބާއްވާފައި ކަމަށެވެ. "ކޮވިޑު 19 އަށްފަހު އަލުން މިއަހަރު ވަނީ މި މުބާރާތް ފެށިފައި. ކުރިން އަހަރުތަކާއި ޚިލާފަށް މިއަހަރު މުބާރާތުގެ ފައިސާގެ އިނާމު ވަނީ ބޮޑު ކޮށްފައިި. މިއީ މިއަހަރުގެ ފުރަތަމަ މުބާރާތް. ދެން ޒޯން 2 ގެ މުބާރާތް އޮންނާނީ އޭޕްރީލް 15-16 ގައި. މި ރަމަޟާންމަހުގެ 4 ހަފްތާ ބަންދެއްގައި އޮންނާނެ. ފެނަކައަކީ އަބަދުވެސް މުވައްޒަފުންގެ ކުރިއެރުމަށް މިފަދަ ތަފާތު މުބާރަތްތައް އަބަދުވެސް ހުރިހާ މުވައްޒަފުންގެ ސާމިލްވުން ހިމެނޭ ގޮތަށް ބާއްވާ 5000 އެއްހާ މުވައްޒަފުން އުޅޭ ކުންފުންޏެއް،" ކަމަށް އެތަނުން ވިދާޅުވެފައިވެއެވެ.

ޒޯން އެކެއްގެ މުބާރާތް ކުރިއަށްދަނީ ށ.މިލަންދޫގައެވެ. ޒޯން 2 ގެ މުބާރާތް އޮންނާނީ ގއ.ވިލިނގިލިގައެވެ. ޒޯން 3 މުބާރާތް އޮންނާނީ ސ.ހިތަދޫގައެވެ.

ޒޯން 4 މުބާރާތް އޮންނާނީ މާލެ (ކ،ހުރާ އަދި ފެނަކަ ހެޑް އޮފީސް މުވައްޒަފުންނަށް) އެވެ.

ފެނަކައިން ވިދާޅުވެފައިވަނީ މި މުބާރާތުގައި 193 ފަރާތަކުން ބައިވެރި ވެފައިވާ ކަމަށެވެ. އެ ފަރާތްތަކަކީ ށ.އަތޮޅާއި ނ.އަތޮޅުގެ ފެނަކަ އާއިލާތަކުގެ މެމްބަރުންނެވެ. މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ 3 ލެކްޗަރާއިން ކަމަށް ވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.

މުބާރާތުގެ އިނާމުތައް:

  • މުބާރާތުން 1 ވަނަ އަށް 15،000.00 ރުފިޔާއި، ތަށްޓާއި ހަނދާނީ ލިޔުން
  • މުބާރާތުން 2 ވަނަ އަށް 10،000.00 ރުފިޔާއި، ތަށްޓާއި ހަނދާނީ ލިޔުން
  • މުބާރާތުން 3 ވަނަ އަށް 5،000.00 ރުފިޔާއި، ތަށްޓާއި ހަނދާނީ ލިޔުން

ފެނަކައިން ވިދާޅުވެފައިވަނީ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން 1ވަނަ 2ވަނަ 3 ވަނަ ހޮވާނެ ކަމަށެވެ. އެދި އެފަރާތްތަކަށް ދެވޭނީ ތައްޓާއި ހަނދާނީ ލިޔުން ދެއްވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި މުބާރާތުގެ ފައިސާގެ އިނާމް ކަނޑައަޅާފައި ވަނީ ކޮންމެ ޒޯނަކަށް ވަކީންނެވެ.

އުމުރު ފުރާތައް:

6 އަހަރުން ދަށް

9 އަހަރުން ދަށް

11 އަހަރުން ދަށް

13 އަހަރުން ދަށް

16 އަހަރުން ދަށް

18 އަހަރުން ދަށް

ފެނަކަ މުވައްޒަފުން

މުބާރާތުގެ މައިގަނޑު މަޤްސަދު:

ފެނަކަ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވާ ޢާލާކޮށް ފެތުރުމުގެ މަސައްކަތް ކުރުމުގެ ބޭނުމުގައި ބޭއްވޭ މުބާރާތެއް،

ކީރިތި ޤުރުއާން ހިތު ދަސްކުރުމާއި ތަޖުވީދު މަގުން ރީތިކޮށް ޤުރުއާން ކިޔެވުމަށް ފެނަކަ މުވައްޒަފުންނާ އެ މުވައްޒަފުންގެ ޢާއިލާތަކަށް ބާރު އެޅުމާއި އެކަން ބަލައިގަނެ އެކަމަށް ހިތްވަރު ދިނުން،

ފެނަކައިގެ މުވައްޒަފުންގެ އާއިލާތަކުގެ މެދުގައި ގުުން ބަދަހި ކުރުމާއި އެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުން،

މި މުބާރާތް ކުރިއަށް ގެންދާނީ ފެނަކައިގެ ޚިދުމަތް ފޯރުކޮށްދެމުންދާ ރާއްޖޭގެ 4 ސަރަހައްދެއްގައި ކަމަށް އެކުންފުނީން ވަނީ ވިދާޅުވެފައެވެ.