ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުމާއި ނަންބަރު ތަރުތީބު ކުރުން އެޕްރީލް 16 ވަނަ ދުވަހު އޮންނާނޭޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން ވިދާޅުވެފައިވަނީ ގުރުއަތުލނެގުން އޮންނާނީ އެދުވަހު 14:00 ގައި އިލެކްޝަންސް ކޮމިޝަން (ތިންވަނަ ފަންގިފިލާ، ކޮންފަރެންސް ރޫމް) ގައި ކަމަށެވެ.

އީސީން ވިދާޅުވެފަައިވަނީ މި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަކީ އެތަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުމަށް ވެސް އީސީން އެދިވަޑައިގަންނަވައެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޒުރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.