ތިލަފުށީގެ ބިން ހިއްކުމަށް ކުރިއަށްގެންދަން ސަރުކާރުން ނިންމަވާފައިވާ މަޝްރޫޢު ކުރިއަށްގެންދާނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

މިއީ ތިލަފުށީ ފަޅު ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމަށް ކުރިޔަށްގެންދާ މަޝްރޫޢެވެ. މިކަމަށްޓަކައި އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ 15:30 ގެ ކުރިން އެ ކުންފުންޏަށް ލިޔެކިޔުންތައް ހުށަހަޅަން އެދޭކަމަށެވެ.

މިމަޝްރޫޢުގެ ދަށުން ތިލަފުށީ ފަޅުން 160 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވެއެވެ.