ހދ. ނާވައިދުއާއި ނޭކުރެންދޫ ސްކޫލުގެ ވަށައި ފާރު ރޭނުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޓްރައިކޯ އިންވެސްޓްމެންޓާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ކުރައްވައިފައެވެ. މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
ނަވައިދޫ ސްކޫލް މަސައްކަތަށް ހުށަހަޅާފައިވަނީ އެއް މިލިއަން ދެލައްކަ އަށްޑިހަ އަށް ހާސް އަށް ސަތޭކަ އަށްޑިހަ އަށް ރުފިޔާ އަށްޑިހަ އަށް ލާރިއެވެ. މި މަސައްކަތް ނިންމަން އެއްބަސް ވެފައިވަނީ 68 ދުވަސް ތެރޭގައެވެ.
ނޭކުރެންދޫ ސްކޫލް މަސައްކަތަށް ވެސް ހުށަހަޅާފައިވަނީ އެއް މިލިއަން އެއް ލައްކަ އަށްޑިހަ އަށް ހާސް އަށް ސަތޭކަ އަށްޑިހަ އަށް ރުފިޔާ އަށްޑިހަ އަށް ލާރިއެވެ. އެ މަސައްކަތް ވެސް ނިންމަން ދީފައިވާ މުއްދަތަކީ 68 ދުވަހެވެ.
މި ދެ އެއްބަސްވުމުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރ އަޙުމަދު ރިޔާޒޒެވެ. ޓްރައިކޯއިން ސޮއިކުރެއްވީ ޑިރެކްޓަރ ޢަލީ ނިޒާމެވެ.
މި މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ނިމޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އުންމީދު ކުރައްވައެވެ.