މޫސުން ތަންދޭނަމަ މިއަހަރު މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެކެމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ. ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމްގައެވެ. އަދި ވިލިމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ފުޓްބޯޅަ ދަނޑުގައެވެ.

ކޮންމެ ބޭފުޅަކުވެސް ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތަކުގެ ތެރޭގައި ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުންއަމިއްލަ މުސައްލައެއް ގެންނެވުމައި އަމިއްލަ ފެންފުޅިއެއް ގެންނެވުމާއި ފައިވާން ލާނެ ކޮތަޅެއް ގެންނެވުން އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައިކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.