އެޕްރީލް 17 އިން 23 އަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 288 މީހުންނަށް ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ. އެޗުޕީއޭއިން ހާމަކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި އެ 288 މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 37 މީހެކެވެ. ރަށްރަށުން 205 މީހެކެވެ. ރިސޯޓުފަދަ ތަންތަނުން ޕޮޒިޓިވްވެފައިވަނީ 46 މީހެކެވެ.

މިއަދަދާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 179،171 އަށް އަރައިފައެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން މަރުވެފައިވަނީ 298 މީހުން ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.

ކޮވިޑް ވެކްސިންގެ އަޕްޑޭޓް ވެސް އެޗުޕީއޭއިން ވަނީ ދެއްވައިފައެވެ. އެގޮތުން ފުރަތަމަ ޑޯޒް މިހާތަނަށް ޖަހައިފައިވާ މީހުންގެ ޖުމްލަވަނީ 398،579 އަށް އަރައިފައެވެ. އެއީ 88.03 ޕަސެންޓެވެ. ދެވަނަ ޑޯޒް ޖަހައިފައިވަނީ 383،925 މީހުންނެވެ. އެއީ 84.79 ޕަސެންޓެވެ. ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ޖުމްލައަކީ 158،566 މީހުންނެވެ. އެއީ 35.02 ޕަސެންޓެވެ.