ބޭނުންވާ ތަކެތި

2 ޖޯޑު ހަނޑޫ

1 ކާށި

1 ލުނބޯ

¼ ޖޯޑު މުގު

1 ފިޔާ (ބޮޑު)

2 ގަނޑު ވަޅޯމަސް

ރަހަލާވަރަށް ލޮނު

2 ހިކަނދިފަތް

2 އިންޗި ރޯ އިނގުރު

ރަހަލާވަރަށް ލޮނު

ކުޑަ ރީނދޫ ކޮޅެއެއް

ތެޔޮ (ތެއްލުމަށް)

ތައްޔާރުކުރާނެ ގޮތް

ހަނޑޫ ދޮވުމަށްފަހު ފެނުލާށެވެ. ކާށިން ހުނި ގޭނުމަށް ފަހު ފިޔާ މިރުސް ހިކަނދިފަތް އަދި މަސް ކޮށާށެވެ. އެއަށްފަހު ފެނުލި ހަނޑޫ ރާޅުކޮށް މުގުރާށެވެ. މުގުކޮޅު މަޑުކޮށްލާށެވެ. ދެން ފިޔާ، ހިކަނދިފަތް، މިރުސް، ހުތް، އިނގުރުކޮޅުވެސް ގާނާފައި އެއަށް އަޅައި ލޮނުކޮޅެއްވެސް އަޅައިގެން މޮޑެލާށެވެ. އެއަށް ފަހު މަހާއި ހުނިވެސް އެއްކޮށް މޮޑެލާށެވެ. ދެން މުގުރި ހަނޑުލާއި މުގު އެއްކޮށް އަނެއްކާވެސް މޮޑެލާށެވެ. އެއަށްފަހު ލޮނު ހެޔޮވަރުކޮށް ގުޅަޖެހޭވަރަށް މަސްގަނޑު ތެއްކޮށްލާށެވެ. ދެން އަތްތިލއިން ކުކުޅުބިސް ބުރަށް ގުޅަ ޖެހުމަށްފަހު ތެއްލާށެވެ.