އުމްރާގެ އަޅުކަން އަދާ ކުރުމަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެއެވެ.

އުމުރާއަށް ގޮސް އުޅެނިކޮށް މަރުވެފައި ވަނީ ބ. އޭދަފުށީ، މާބަގީޗާގޭ 76 އަހަރުގެ އަބޫބަކުރު ހަސަން (ބަކުރުބޭ)އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވީ ހަރަމްފުޅުގައި ފަތިސް ނަމާދުކޮށްގެން އެނބުރި ހޮޓަލަށް އައިފަހުންނެވެ.

އަބޫބަކުރު އުމްރާއަށް ދިޔައީ މުސާފިރީން އުމްރާ ގުރޫޕްގެ ހަވާލުގަ އެވެ. އޭނާ އުމްރާއަށް ދިޔައީ އަންހެނުންނާއި ހުރިހާ ކުދިންނާއި ބައެއް ކާފަ ކުދިންނާވެސް އެކުއެވެ.