ބޭނުންވާ ތަކެތި

¾ ޖޯޑު ފުށް

2 މޭޒުމަރީސަމުސާ ކޮކޯ ޕައުޑަރ

½ މޭޒުމތީސަމުސާ ބޭކިން ޕައުޑަރ

¼ މޭޒުމަތީސަމުސާ ބޭކިން ސޮޑާ

¼ ޖޯޑު ހަކުރު

½ މޭޒުމަތީސަމުސާ ވެނީލާ އެސެންސް

¼ ޖޯޑު ކުކިން އޮއިލް

½ ޖޯޑު ފެން

ކްރީމް ހެދުމަށް

1 ޖޯޑު ވިޕް ކްރީމް

¼ ޖޯޑު މުގުރި ހަކުރު ނުވަތަ އައިސިން ޝުގަރ

1 ޖޯޑު ޑާކް ޗޮކްލެޓް

ގާނިޝް ކޮށް ޑެކަރޭޓް ކުރުމަށް ½ ޖޯޑު ވިޕް ކްރީމް

½ ޖޯޑު ޑަކް ޗޮކްލެޓް

½ ޖޯޑު ޗޮކްލެޓް (ގާނާފައި)

ތައްޔާރުކުރާނެ ގޮތް

ބޯތައްޓަކަށް ފުށާއި ކޮކޯޕައުޑަރ، ބޭކިން ޕައުޑަރ، ބޭކިން ސޮޑާ، ލޮނު ފުރާނާލާފައި އަޅާ އެއްކުރާށެވެ. ދެން ހަކުރާއި ވެނީލާއެސެންސް، ތެޔޮ، ފެން އަޅައިގެން ގިރާލާށެވެ. ދެން ޓްރޭއެއްގައި ބޭކިން ޕޭޕަރް އެޅުމަށްފަހު ގިރި ކޭކު ފުށް އޮއްސާލާށެވެ. އެއަށްފަހު އަވަން 180 ޑިގްރީގައި ބަހައްޓައިގެން ހޫނުކޮށް ކޭކު ފިހެލާށެވެ. ގާތްގަޑަކަށް 25 މިނެޓުން ފިހެވޭނެއެވެ. ކޭކު ފިހެވުމުން ނަގާ ހިހޫކުރާށެވެ. ދެން މުގުރި ހަކުރާއި ވިޕް ކްރީމް، ކޮކޯޕައުޑަ އެއްކޮށް ގިރާ ވިޕްކޮށްލާށެވެ. އެއަށްފަހު ކޭކުމައްޗަށް އަޅާށެވެ. ދެން 1 ގަޑިއިރު ކޭކު ފްރިޖުގައި ބެހެއްޓުމަށް ފަހު ނަގައި ކޭކު މަތި ޑެކަރޭޓް ކޮށްލާށެވެ. ޑެކަރޭޓް ކުރުމަށްޓަކައި ވިޕް ކްރީމާއި ކުކިން ޗޮކްލެޓް ބޯތައްޓަކަށް އެޅުމަށްފަހު އަވަނަށް ލައި 2 މިނެޓް ބަހައްޓައި ހޫނު ކޮށްލާށެވެ. ދެން އަވަނުން ނަގައި ގިރާލުމަށްފަހު ކޭކު ފްރިޖުން ނަގާ ކޭކު މައްޗަށް ކްރީމް އަޅާށެވެ. އެއަށްފަހު ކޭކުގެ ކައިރިފަށުގައި ކުކިންޗޮކްލެޓް ގޭނުމަށްފަހު ތަތްކުރާށެވެ. އޭރަށް ޗޮކްލެޓް މޫސް ކޭކު ރީތިވާނެއެވެ.