މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލާފަކޮށްފިއެވެ.

މެޓް އޮފީހުންވަނީ ދެކުނުގެ ސަރަޙައްދަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އެގޮތުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހަވީރު 16:30އާ އަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެލާޓް ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިގަދަވުމުގެ އިތުރުން ކަނޑުތައް ވެސް ވަރަށްގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.