އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ ގިނަ ބަޔަކު އަދި ވެސް އެންޑްރޮއިޑް 10 އަށް ބަދަލެއް ނުވެ އެވެ. މިއީ މުޅިން ވާނެ ކަމެއް ވެސް ނޫނެވެ. އެއީ އެންޑްރޮއިޑް 10 ހިންގޭހާ ފެންވަރު، ހުރިހާ ފޯނެއްގައި ނެތުމެމެވެ. ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑް އާއިލާގައި ކުރަ އަށް ދެން އޮތީ އެންޑްރޮއިޑް 11 އެވެ.

އެންޑްރޮއިޑް 11 އުފައްދަމުން، ތަރައްގީކުރަމުން އަދި ޓެސްޓްކުރަމުން އެބަ ދެ އެވެ. އިންޓަނެޓަށް ލީކުވެފައި ހުރި ވާހަތަކަށް ބަލާއިރު، އެންޑްރޮއިޑް 11 ގައި ޓަކިޖެހި ވަރަކަށް، ފީޗާތައް ވަނީ އިތުރެވެ.

އެންޑްރޮއިޑް 11 އާންމުކުރަން ގޫގުލް އިން އަދި ވަކި ތާރީޚެއް ކަނޑައެއް ނާޅަ އެވެ. ނަމަވެސް، އެންޑްރޮއިޑް 11 ގައި ހިމަނާނެ ކަމަށް ބުނާ އެއް ފީޗާ އަކީ، ފޯނުގެ ފަހަތު ބިތުގައި ދެ ޓަކިޖަހާލުމުން، ކޮންމެވެސް އެޕްލިކޭޝަނެއް ހުޅުވޭ ގޮތަށް ހުރި ހުރުމެވެ.

ފޯނުގެ ފަހަތު ބިތުގައި "ޑަބަލް ޓެޕް" – ދެ ފަހަރަށް ޖަހާލުމުން އެޕްލިކޭޝަން ހުޅުވޭ ގޮތް ވުން އެއީ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ބުނެވޭއިރު، އެއީ އުނދަގުލަކަށް ވެދާނެ ކަމަށް ވެސް ބުނެ އެވެ. އެއީ ދެ ޓަކިޖަހާލުމުން ފޯނު އިޖާބަދޭލެއް ފުރިހަމަވެފައި އަވަސްވުމުންނެވެ. ގިނަ މީހުން ބުނަނީ ޖީބުގައި ފޯނު ބޭއްވޭ ގޮތަކުން ވެސް މި ފީޗާ މަސައްކަތްކޮށްފާނެ ކަމަށެވެ.

ދެ ޓަކި ޖެހުމަކީ އަދި މުޅިން ފުރިހަމަނުވާ ފީޗާއެކެވެ. އެހެންކަމުން ބެލެވެނީ، ގޫގުލް އިން މި ފީޗާ އެހާ އަވަހަށް އާންމުކުރީ، ހުރި ކަންބޮޑުވުންތައް ބެލުމަށް ކަމަށެވެ.

ފޯނުގެ ފަހަތު ބިތުގައި ޓަކިތަޅައިގެން މަސައްކަތްކުރުވުމަކީ މީގެ ކުރިން، ތަބީއީ އެންޑްރޮއިޑްގައި ހިމެނޭ ފީޗާއެއް ނޫނެވެ. އެހެން ނަމަވެސް، "ތާޑްޕާޓީ" އެންޑްރޮއިދް އެޕްލިކޭޝަންތައް ބޭނުންކޮށްގެން، ލާނެތް ކަންތައްތައް ކުރެވެން އެބަ ހުއްޓެވެ.