ނައިޖޭރިއާގެ ކަޑޫނާ ސްޓޭޓުން ރޭޕް ކުރާ މީހުން ހޯޖާކުރުމަށް ގާނޫނެއް ފާސްކޮށްފިއެވެ. އަދި އުމުރުން 14 އަހަރު ނުވާ ކުއްޖަކު ރޭޕްކޮށްފި މީހަކަށް މި ގާނޫން މަރުގެ ސަޒާ ދިނުމަށްވެސް ކަނޑައަޅާފައި ވެއެވެ.
ކޮރޯނާގެ ފުރބަންދާއި ގުޅިގެން އަންހެނުންނަށް ކުރާ އަނިޔާއައި ރޭޕް ކުރުމުގެ ޖަރީމާ ހިންގާ އަދަދު ވަނީ ނައިޖޭރިއާގައި އިތުރު ވެފައެވެ.
އަންހެނުންގެ ޖަމާއަތްތަކުން ވަނީ ހަރުކަށި ފިޔަވަޅު އެޅުމަށާއި މަރުގެ ސަޒާ ދިނުމަށް ގޮވާލާފައެވެ.
އަލަށް މިސްޓޭތްގައި ފާސްކޮށްފައިވާ ގާނޫނުލްއުގޫބާތުގައި ބުނަނީ އުމުރުން 14 އަހަރުން މަތީގެ މީހެއްގެ އިއްފަތް ފޭރިގެންފިނަމަ އެފަދަ މީހެއްގެ އަދަބަކީ އުމުރަށް ޖަލަށް ލުމެވެ.
އުމުރުން 14 އަހަރުން ދަށުގެ އަންހެނަކު ފިރިހެން ކުއްޖަކު ރޭޕްކޮށްފިނަމަ އެމީހާގެ އަދަބަކީ، މި ގާނޫނު ބުނާ ގޮތުން ފެލޮޕީން ޓިއުބް އޮޕަރޭޝަން ކޮށްގެން ނެގުމެވެ.
ނައިޖޭރިއާގައި ކޮންމެ ހަތަރު ފިރޮހެމް ކުއްޖެއްގެ ތެރޭން އެކަކީ ޖިންސީ އަނިޔާއެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. އަދި ކޮންމެ ދިހަ އަންހެން ކުދިންގެ ތެރޭން އެކަކަކީ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއް ކަމަށް ނައިޖޭރިއަގެ ތަފާސްހިސާބުން ދައްކައެވެ.