އިޒްރޭލު ފުލުހުންނާއި ސިފައިންނާއި ޖާސޫސީ އިދާރާތަކާއި ރައްޔިތުން އެންމެން ވެގެން ހޯދަމުންދާއިރު އަދިވެސް ރފޭގެ ހަމަލަ ދިން ފަލަސްތީނުގެ ދެ ސޮރުންގެ ވީނުވީއެއް އަދިވެސް ނޭނގެއެވެ.
މި މައްސަލާގައި އިޒްރޭލު މަސްއޫލުވެރިން ވަނީ ރުޅިގަދަވެފައެވެ.
އިޒޒްރޭލުގެ ޕާލަމެންޓްގެ މެމްބަރުން ބުނަމުން ދަނީ މި ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ޔަހުޔާ ސިންވާރު މަރާލަންވީ ކަމަށެވެ.
މިހާތަނަށް ދޮޅު މަސް ތެރޭގައި ފަލަސްތީނު މީހުންގެ އަތުން އިޒްރޭލުގެ 19 މީހުން ގެ ފުރާނަ ގެއްލިގެން ދިޔައީއެވެ.
އިޒްރޭލުގެ އަނިޔާތަކުގައި އެތައް ޑަޒަން ފަލަސްތީނު މީހުން ހަލާކުވެފައި ވެއެވެ.
އިޒްރޭލުން ބުނަނީ ޓެލްއަވީވްގެ އަލްއާރްގައި ހަމަލަ ދިން ދެމީޙުންނަކީ 19 އަހަރާއި 21 އަހަރުގެ ދެ ޒުވާނުން ކަމަށެވެ. އެމީޙުންނަކީ އަސްއަދުއްރިފާއީ އާއި ސުބްހީ ޝަގީރުއެވެ.
އިޒޒްރޭލު ސިފައިން ވަނީ ސުބްހީގެ ބައްޕަ ހައްޔަރުކޮށް އޭނާއަށް އަނިޔާކޮށް އޭނާއާއެކު ތަހުގީގު ހިންގާފައެވެ. ބައްޕަ ބުނެފައި ވަނީ ރޯދަ މަހުގެ 15ން ފެށިގެން ދަރީގެ ޚަބަރެއް ވެފަައި ނުވާ ކަމަށެވެ.'
މި ދެކުދިންނަކީ ކުރިން އިޒްރޭލުން ހައްޔަރު ކުރި ކުދިންނެއް ނޫނެވެ.
ޙަމާސް އިން ހަމަލާއަށް ޒިންމާ އުފުލާފައި ނުވާއިރުވެސް ޙަމާސްގެ ލީޑަރު ޔަހުޔާ ސިންވާރު އަވަހާރަކޮށްލުމަށް ޒަޔަނިސްޓުން ދަނީ ގޮވާލަމުންނެވެ.