ރާއްޖެ އައި ފަތުރުވެރިއެއްގެ އަތުން ހަތަރު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ މެއި ތިން ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުން ކަމަށެވެ.

އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށާއި، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.2 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މަސްތުވާތަކެތީގެ މަގުމަތީގެ އަގު 21 މިލިއަން ރުފިޔާ އަށް އަރާއިރު މިތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.