މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ޔެލޯ އެލާޓުގައި ބުނެފައިވަނީ މިއަދު ހެނދުނު 09:15 އިން ފެށިގެން މެންދުރު 14:00 އަށް ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

މޫސުމާ ބެހޭ އިދާރާއިން މިފަދަ އެލާޓެއް ނެރެފައިވާއިރު، އެ އިދާރާއިން ވަނީ މުޅި ރާއްޖެއަށްވެސް ހުދު ސަމާލެއް ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 08:15 އިން ފެށިގެން 14:00 އާ ހަމައަށެވެ.