މީޑިއާއިން ސިފަ ކުރީ މިއަދަކީ ލަންކާ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ޑީ ޑޭ ކަމަށެވެ. ލަންކާ ރފައީސް ވަނީ އައު ސަރުކާރެއް އެކުލަވާލެއްވުމަށް ބޮޑު ވަޒީރު ކަމުން މަހިންދަ އިސްތިއުފާ ދެއްވުމަށް ހުކުރު ދުވަހު އެދިވަޑައިގެންފައެވެ.
މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައި އޮތް ކެބިނެޓްގައި މަހިންދަ އިސްތިއުފާ ނުދެއްވައިފިނަމަ މައްސަލަ ހޫނުވާނެ ކަމަށް މީޑއާއިން ލަފާ ކުރިއެވެ. ނަމަވެސް ކެބިނެޓްގެ ބައްދަލުވުމުގެ ކުރިން މަހިންދަ ވަނީ މީގެ އިރުކޮޅެއް ކުރިން ރައީސަށް ސިޓީފުޅެއް ފޮނުއްވައި އިސްތިއުފާ ދެއްވާފައެވެ.