މަސްވެރިޔަކު ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހަމަލާދީފިއެވެ.
އެމްއެންޑީއެފުން ބުނީ ޅ.އަތޮޅު މާފިލާފުއްޓާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު ވަގުތު އެމީހާއަށް މިޔަރެއް ހަމަލާ ދިނުމުން އެކަން އެ ދޯނިން ކޯސްޓްގާޑަށް އަންގާފައިވާ ކަމަށެވެ.
އަދި އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އިން ޅ.އަތޮޅު ހޮސްޕިޓަލްގެ ޓީމަކާއިއެކު މިހާރު ދަނީ އެދޯނި ކައިރިއަށް ދަތުރުކުރަމުން ކަަމަށެވެ.
އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.