ކުވެއިތުގެ އަމީރު އައްޝައިޚު ނަވާފް އަލް އަޙުމަދު އައްސަބާޙު އެގައުމުގެ ބޮޑު ވަޒީރުގެ އިސްތިއުފާ ގަބޫލު ކުރައްވައިފިއެވެ. މިއީ ބޮޑު ވަޒީރު ޞަބާޙުލް ޚާލިދު އަލްއަހުމަދު އައްސަބާޙު ސަރުކާރު އެކުލަވާލައްވައި އިސްތިއުފާ ދެއްވި ހަތަރު ވަނަ ފަހަރެވެ.

މި ސަރުކާރު ސަބާޙުލް ޚާލިދުއަށް ހިންގެވުނީ އެންމެ 99 ދުވަސް ވަންދެންނެވެ. މިއީ ދެ އަހަރާ ބައިގެ ތެރޭގައި އޭނާގެ ބޮޑު ވަޒީރު ކަމުގައި އެކުލަވައި ލެއްވި ހަތަރު ވަނަ ސަރުކާރެވެ.