ރިސޯޓަކުން މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އދ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާ އަދި 24 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި ފެންފުށީގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އިންޓެޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ރިސޯޓުގެ ބަނދަރުމަތިން ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 90 ސެލޯފިންކޮޅާއި، ބަނގުރާ ފުޅިއަކާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާމިގިިލީ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.