އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން ހައްޔަރުކުރަން ގޮވާލައި ޕީޕީއެމްގެ އޮޮފީސް ދޮރަށާއި ގެކޮޅުގެ ފާރަށް ބަޔަކު ރޭ ސްޕްރޭ ޖަހައިފި އެވެ.

ޔާމިން ހައްޔަރުކުރަން ގޮވާލައި ހ. ދޫވެހި ގޭގެ ދޮރަށާއި ގަރާޖު ގޭޓަށް ކަޅުކުލައިގެ ސްޕްރޭކޮށްފައި ވަނީ ރޭގެ މެންދަމުގެ ވަގުތެއްގަ އެވެ. އަދި ޕީޕީއެމްގެ އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައިވާ ޕޯސްޓަރަކަށް ވެސް ސްޕްރޭކޮށްފައި ވެ އެވެ.

ރައީސް ޔާމިންގެ ފޮޓޯ ހިމެނޭ ކުރެހުންތައް އެ ތަންތަނަށް ސްޕްރޭކޮށްފައިވާއިރު އެ އިމާރާތްތަކުގެ މަގުމައްޗަށް، ޔާމީނަށް ''ވަގަށް ގޮވާފައިވާ'' ކަރުދާސްތަކަކާއި އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ ކަރުދާސްތަކެއް ވެސް ހުރީ އަޅައިފަ އެވެ.