ބޭނުންވާ ތަކެތި (މެރިނޭޓް ކުރުމަށް)

1 ކިލޯ ކުކުޅު

1 މޭޒުމަތީސަމުސާ އިނގުރު (ޕޭސްޓް)

1 މޭޒުމަތީސަމުސާ ލޮނުމެދު (ޕޭސްޓް)

1 މޭޒުމަތީސަމުސާ މުގުރި މިރުސް

1 މޭޒުމަތީސަމުސާ ކޮތަނބިރި (މުގުރި)

¾ މޭޒުމަތީސަމުސާ މުގިރި ދިރި

½ މޭޒުމަތީސަމުސާ މުގުރި އޯބަތް

½ ޖޯޑު ޕްލޭން ޔޯގަޓް

ބޭނުންވާތަކެތި (ޕޭސްޓް ހެދުމަށް)

3 ތޮޅި މިރުސް (ކޮށާފައި)

½ ޖޯޑު ކޮރިއަންޑާލީވްސް

15 ކަޖޫނަޓް

½ ޖޯޑު ހުނި (ހަނާކޮށްފައި)

ބޭނުންވާތަކެތި (ރިހައަށް)

3 މޭޒުމަތީސަމުސާ ތެޔޮ

4 ކާފޫރުތޮޅި

1 އިންޗި ފޮނިތޮށި

3 ފިޔާ (ކޮށާފައި)

1 މޭޒުމަތީސަމުސާ އިނގުރު (ޕޭސްޓް)

1 މޭޒުމަތީސަމުސާ ލޮނުމެދު (ޕޭސްޓް)

3 ޓޮމާޓޯ (ހިމުންކޮށްފައި)

1 މޭޒުމަތީސަމުސާ މުގުރިމިރުސް

1 މޭޒުމަތީސަމުސާ މުގުރި ކޮތަނބިރި

1 މޭޒުމަތީސަމުސާ މުގުރި ދިރި

ކަޖޫނަޓް ޕޭސްޓް

2 ޖޯޑު ފެން

¼ ޖޯޑު ކްރީމް / ކާށި ކިރު

ކޮރިއަންޑާލީވްސް ކޮޅެއް

ބޭނުންވާ ތަކެތި އެގް (ލަޕެޓާ ހެދުމަށް)

ތެޔޮ

1 ބިސް

ތައްޔާރުކުރާނެގޮތް

ކުކުޅު ކޮށާލުމަށްފަހު ސާފުކޮށްފައި މެރިނޭޓް ކުރަންހުރި ތަކެތި އަޅައިގެން 30 މިނެޓު ބަހައްޓައި މެރިނޭޓްކުރާށެވެ.

އެއަށްފަހު އުނދުންމައްޗަށްތެއްޔެއް އުދައި ތެއްޔަށް ހޫނުވުމުން ތެޔޮ އަޅައި ތެޔޮ ފޮދު ހޫނުވުމުން ފޮނިތޮށި، ކާފޫރުތޮޅި، ކޮށިފިޔާ އަޅާށެވެ. އެއަށްފަހު ފިޔާކޮޅަށް ރަންކުލަ އެރުމުން ލޮނާއި އިނގުރުލޮނުމެދު ޕޭސްޓް އަދި ހިމުންކުރި ޓޮމާޓޯ އަޅާށެވެ. ދެން މުގުރުމިރުހާއި ކޮތަނބިރި،ދިރި،އެއަށްފަހު ޕޭސްޓު ހަދަން ލިޔެފައިވާތަކެތި މިކްސަރަށް އަޅައި ހިމުންކޮށްލުމަށްފަހު ހަވާދުގެ ބާވަތްތަކާއި އެއްކޮށްލާށެވެ. އެއަށްފަހު ފެންއަޅައިގެން ރިގަނޑެއްވާނޭހެން ކައްކާލާށެވެ.

ދެން މެރިނޭޓްކުރި ކުކުޅު ބޮފު ތެޔޮގަނޑެއްގައި ތެއްލާލާށެވެ. ކުކުޅު ތެއްލެވުމުން ކުރިން ކެއްކި ރިހައާއި އެއްކޮށްލާށެވެ. އެއަށްފަހު ބޯކިރު ނުވަތަ ކްރީމް އާއި ކޮރިއަންޑާލީވްސް އަޅާށެވެ. އެއަށްފަހު ތައްޓަށް އަޅައި ރީތިކޮށްލުމަށްޓަކައި ބިސްގަނޑު އަޅައި އޮޅާލުމަށްފަހު ރިހަ ތަށީގައި ބަހައްޓާށެވެ.

ޗިކަން ލަޕީތާ ތައްޔާރުކުރެވުނީއެވެ. މިއީ އިންޑިއާގެ ބޮންބޭ، ގޯވާ ހައިވޭތަކުގެ ދާބާގައި ވަރަށް މަޝްހޫރު ކެއުމުގެ ބާވަތަެކެވެ.