އިންޑިއާގެ ޓައިޓާން ކުންފުނިން އެސްބީއައިއާ ގުޅިގެން އަތުކުރީ ގަޑިން ފައިސާދެއްކޭ ގޮތް ހަދައިފިއެވެ. ޓައިޓާން އިން އުފައްދާފައިވާ ގަޑިތައް ބޭނުން ކޮށްގެން އަތްނުލައި ފައިސާ ދެއްކޭނީ މިވަގުތު އަދި އިންޑިއާގައި އެކަންޏެވެ.

އެއްވެސް ޕިންއެއް ބޭނުން ކުރުމަކާ ނުލައި، ދެ ހާސް ރުޕީސްގެ އަދަދަށް ޕީއޯއެސް މެޝިންގައި ގަޑި ޖައްސާލައިގެން ފައިސާ ދެއްކޭނެއެވެ.

އެސްބީއައިގެ ކާޑެއްގައި ހިމެނޭ ހުރިހައި ފީޗަރއެއް މިގަޑީގައި ހިމަނާފައިވަނީ، ޓެއްޕީ ޓެކްނޮލޮޖީޒްގެ އެފްސީ ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ.

އެސްބީއައިގެ މާސްޓަރކާޑް ބޭނުން ކުރާ މީހުންނަށް މި ފަސޭހަ ލިބެން ހުންނާނެއެވެ.

ޓާޓާ ކުންފުނީގެ ޓައިޓަންއަކީ ދުނިޔޭގައި ފަސްވަނައަށް ގަޑި އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ.