އިންޑިއާ ސަރުކާރުގެ އިންސާނީ އެހީގެ ގޮތުގައި އަފްޣާނިސްތާނަށް ފޮނުވާ 2000 މެޓްރިކް ޓަނުގެ ގޮދަނުގެ އިތުރު ޝިޕްމަންޓެއް އަޓާރީ-ވާގަހް ބޯޑަރު މަގުން ޕާކިސްތާން ތެރޭން ލައިގެން ފޮނުވައިފިއެވެ. ގަހުގެ ގޮދަން ބަރުކޮށްފައިވާ ލޮރީތައް އިންޑިއާ ސަރަހައްދުން ޕާކިސްތާން ސަރަހައްދަށް ވަން އިރު ދިދަ ނަންގަވައި ދެއްވީ ކަސްޓަމްސް ކޮމިޝަނަރު ރާހުލް ނަންގާރޭ އެވެ.
އިންޑިއާއިން އަފްޣާނިސްތާނަށް 50،000 މެޓްރިކް ޓަނުގެ ގޮދަނުގެ ބާވަތްތައް ފޮނުވާނެކަން ކުރިން އިއުލާން ކުރިއެވެ.
އިންސާނީ އެހީގެ ފުރަތަމަ ޝިޕްމަންޓް އަފްޣާނިސްތާނުގެ ޖަލާލްއާބާދަށް ގޮސްފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ޕާކިސްތާނު މަގުންނެވެ. އެއީ އިންޑިއާއިން 2500 ޓަނުގެ ގޮދަނެވެ.
އިންޑިއާގެ އިންސާނީ އެހީގެ ދެވަނަ ގާފިލާ، އަފްޣާނިސްތާނުގެ ޖަލާލްއާބާދަށް، އަމްރިޓްސަރްގެ އަތާރީއިން ފުރައިގެން ދިޔައީ މި މަހުގެ 3 ވަނަ ދުވަހުއެވެ.މީގެ އިތުރުން، އިންޑިއާއިން އަފްޣާނިސްތާނަށް 2000 މެޓްރިކް ޓަނުގެ ގޮދަނުގެ ތިންވަނަ ޝިޕްމަންޓް ފޮނުވީ މި މަހުގެ 8 ވަނަ ދުވަހު އޓާރީ-ވަގަހް ބޯޑަރު މެދުވެރިކޮށް 40 ލޮރީގައެވެ. 2000 މެޓްރިކް ޓަނުގެ ގޮދަނުގެ ހަތަރުވަނަ ޝިޕްމަންޓް އަފްޣާނިސްތާނަށް ފޮނުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އަތާރީ-ވަގަހް ބޯޑަރު މެދުވެރިކޮށެވެ.
މިހުރިހައި ދަތުރެއްގައިވެސް ގޮދަން އުފުލާފައި ވަނީ އަފްޣާނިސްތާންގެ ލޮރިތަކުގައެވެ. ޕާކިސްތާނުން ވަނީ އިންސާނީ އެހީގެ ގޮތުގައި އިންޑިއާއިން އަފްޣާނިސްތާނަށް 50،000 މެޓްރިކް ޓަނުގެ ގޮދަނާއި ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އަސާސީ ބޭސް، އިންސާނީ އެހީގެ ގޮތުގައި ވަގާހް ބޯޑަރު މެދުވެރިކޮށް އަފްޣާނިސްތާނަށް ގެންދިޔުމަށް ހުއްދަ ދީފައވެ.