އަބްދުލް ޤާދިރު ޔުނިވާސިޓީއަށް ނަގުދު ފައިސާއާއި ބިން ދިނުމުގައި ޕާކިސްތާންގެ ކުރީގެ ސަރުކާރުން ދީފައިވާ ނާޖާއިޒު ފައިދާތައް ތަހުގީގުކުރުމަށް ސަރުކާރަށް އަންގަވާނެ ކަމަށް ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުހަންމަދު އާސިފް ވިދާޅުވެއެވެ.
ޚަވާޖހާ އާސިފް ވިދާޅުވީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބިބީ އާއި އޭނާގެ އަނބިކަނބަލުންގެ ރަހުމަތްތެރިއެއް ކަމަށްވާ ފަރަޙް ޚާން އަކީ އެ ޔުނިވާސިޓީގެ ޓްރަސްޓުން ކަމަށެވެ.އަބްދުލްގާދިރު ޔުނިވާސިޓީއަށް ޚާންގެ ވެރިކަމުގައި ސަރުކާރުން ވަނީ 450 ކަނާލްގެ ބިމާއި 500 މިލިއަން ރުޕީސްގެ ނަގުދު ފައިސާ ދީފައެވެ.
އޭގެ އިތުރުން ފަރަޙަ ޚާނަށް 200 ކަނާލް ގެ ބިންވެސް ދީފައި ވެއެވެ.
ވަޒީރު ވިދާޅުވީ، މި ތަޙުޤީޤުގެ ތެރޭގައި، މަޤާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު އިމްރާން ޚާން މިއިނާޔަތްތައް ދެއްވީ ކިހިނެއްކަން ބަޔާންކޮށް ދެއްވުމަށް ދަންނަވާނެ ކަމަށެވެ.ޕާކިސްތާނުގެ ދިފާއީ ވަޒީރު އިތުރަށް ވިދާޅުވީ، މި އިނާޔަތްތައް ދެއްވާފައި ވަނީ ބޯހިޔާވަހިކަމުގެ ސްކީމެއް ކަމުގައިވާ ބަހީރާ ޓައުން އިމާރާތް ކުރި ވެރިފަރާތަށް 45 ބިލިއަން ރުޕީސްގެ ނާޖާއިޒު ފައިދާއެއް ސަރުކާރު ތެރޭން ހޯދައި ދީގެން އޭގެ ބަދަލުގައި ފައިސާތަކެއް ހޯދީ ކަމަށެވެ. އިނގިރޭސިވިލާތުގެ ނެޝަނަލް ކްރައިމް އޭޖެންސީން ވަނީ ބަހީރާ ޓައުންގެ އޯނަރުގެ މަނީ ލޯންޑަރިންގއެއްގެ މައްސަލައެއް ބަލަން ފަށާފައެވެ. މިއީ 150 މިލިއަން ޕައުންޑް ހިމެނޭ މައްސަލައެކެވެ.