އިޒްރޭލު ސިފައިން ވަނީ މި ދަނޑިވަޅުގައި ޝީރީން އަބޫ ޢަޤްލާ ޝަހީދުކޮށްލި ހާދިސާ ތަހުގީގު ނުކުރާނެ ކަމަށް ބުނެފައެވެ. މިއީ އާދައިގެ މަތިން އިޒްރޭލުން ފަލަސްތީނު މީހުންނަށް އަދުލު އިންސާފު ދިނުމުގައި ގެން ގުޅޭ އުކުލެކެވެ. މައްސަލައިގެ ހެކި ނެތިދާ ފަހުން އިޒްރޭލުން ތަހްގީގެއް ފަށަން އުޅެފާނެއެވެ.
ޝީރީން ޝަހީދު ކޮށްލި މައްސަލައާ ގުޅިގެން އިޒްރޭލު ޕާލަމެންޓްގެ އަރަބި ދަރިކޮޅުގެ މެމްބަރަކު ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ. ވާތުފިޔާގެ މީރަޓްސް ޕާޓީގެ މެމްބަރު ޣީދާ ރީނާވީ ޒަޢްބީ އިސްތިއުފާ ދެއްވުމުން ބޮޑު ވަޒީރު ނެފްތާލީ ބެނެޓްގެ ސަރުކާރަށް ކެނެސެޓްގައި އަޣުލަބިއްޔަތު ގެއްލި އަވަސް އިންތިޚާބަކަށް ދިއުމަކީ ގާތް ކަމެއް ކަމަށް ބެލެވެއެވެ.
މިއީ މަހެއްހާ ދުސްވަސް ތެރޭ ކެނެސެޓުން އިސްތިއުފާ ދެއްވި ދެވަނަ މެމްބަރެވެ. މީގެ ކުރިން ޔަހޫދީ އަންހެން މެމްބަރަކު އިސްތިއުފާ ދެއްވީ ހޮސްޕިޓާތަކަށް ޕާން ވެއްދުމަށް ހެލްތު މިނިސްޓްރީން ހުއްދަ ދިނުމުންނެވެ.
ސަލަފީ އުސޫލީ ހަރުކަށި ޔަހޫދީންނަށް މުހިންމު ދީނީ މުނާސަބާގައި ޔީސްޓް އަޅާފައި ހުންނަ ކާނާ ކެއުމަކީ ހަރާމް ކަމެކެވެ.
ޒަޢުބީގެގ އސްތިއުފާ ސިޓީގައި ބެނެޓަށް އެޑްރެސް ކުރައްވައި ވިދާޅުވީ ގުދުސްގައި ރޯދަ މަހު ޔަހޫދީންނާއި އިޒްރެލު ސިފައިން އުޅުނު ގޮތާއި ޝީރީންގެ ޖަނާޒާގައި އިޒްރޭލު ސިފައިން އުޅުނު ގޮތްކުޑަ ގޮތަށް ކެތް ނުކުރެއްވިގެން އިސްތިއުފާ ދެއްވީ ކަމަށެވެ.
ޒަޢުބީގެ އިސްތިއުފާއަށް ފަހު ބެނެޓް ވަނީ ކޮއެލިޝަންގެ ބައިވެރިންނާ މަޝްވަރާ ކުރައްވާފައެވެ. އިދިކޮޅު ލިކޫދު ޕާޓީން ބުނާ ގޮތުގައި އަންގާރަ ދުވަހު ޕާލަމެންޓަށް ހުށަހެޅުއްވުމަށްފަހު އަވަސް އިންތިޚާބަކަށް ޕާލަމެންޓް އުވާލާނެ ކަމަށް ބެލެވެއެވެ.
ޒަޢުބީ އިސްތިއުފާ ދެއްވުމުން 120 ގޮނޑީގެ ކެނެސެޓްގައި ބެނެޓަށް ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަދަދު އުޅޭނީ 59ގައެވެ. އެޕްރީލް މަހު އިސްތިއުފާ ދެއްވި ޔަހޫދީ އަންހެން މެމްބަރަކީވެސް ބެނެޓްގެ ކަނާތު ފިޔާއިގެ ޕާޓީގެ މެމްބަރެކެވެ.
ޝީރީންގެ މަރު ޝަހީދު މަރަކަށް ވާނެ ގޮތް ފުރަތަމަ ކިޔާދީބަލަ. އޭނަ މަރާލީ ޔަހޫދީ ސިފައިން. އެކަމަކު އަހަރުމެންނަށް މުސްލިމަކަށް ނޫނީ ޝަހީދަކަށް ވާނޭ ނުބުނެވޭނެ. ޝީރީނަކީ ކްރިސްޓިއަނެއް.
ނަމުން ޝީރީން ކީމަ ހީފުޅުވީކަންނޭގެ އެއީ މުސްލިމެކޭ. އެއްޗެލިޔާއިރު ބަލާލަން ރަނގަޅުދޯ