އެމެރިކާ ސަރުކާރުގެ ބަހާއި އަމަލާ ދިމާ ނުވާކަމަށް ފަލަސްތީނުގެ ސަރުކާރުން ބުނެފިއެވެ. ފަލަސްތީނުގެ ސަރުކާރުން އެމެރިކާއަށް ފާޑުކިޔާފައި ވަނީ، އިޒްރޭލުގެ ޔަހޫދީ މާޔީރް ކާހަނާގެ ޖަމާއަތް ޓެރަރިސްޓުންގެ ލިސްޓުން އުނިކުރުމާ ގުޅިގެންނެވެ. ކާހާނާގެ ކާޚް ޖަމާއަތަކީ ފަލަސްތީނުގެ ސަރަހައްދުގައިއާއި ހިފާފައިވާ ބިންތަކުގައި ފަލަސްތީނު މީހުންނަށް ޓެރަރިސްޓް ހަމަލާތައް ދެމުންދާ ބައެކެވެ. މި ޖަމާއަތުގެ މިހާރުގެ އެންމެ މަޝްހޫރު ޓެރަރިސްޓަކީ އީޓްމާރް ބިން ޣަފީރެވެ.
ފަލަސްތީނުގެ ރިޔާސަތުން ބުނެފައި ވަނީ އެމެރިކާއާއި އިޒްރޭލާއެކު ސުލްޙައަށް މަސައްކަތް ކުރާއިރުވެސް އެމެރިކާއިން ވަނީ ޕީއެލްއޯއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ލިސްޓް ކޮށްފައެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރު އެންމެ ފަހުން ޣައްޒާއަށް ކުރެއްވި ދަތުރުފުޅުގައި އެމައްސަލައާ ބެހޭ ގޮތުން ދެންނެވުމުން އެންތޮނީ ބްލިންކެން ވަނީ އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުން ޕީއެލްއޯ އުނިކުރާނެ ކަމަށް ގެރެންޓީ ދެއްވާފައެވެ.
އެމެރިކާއިން ދެންގުޅޭ ދެފުށް ދެ ގޮތް ސިޔާސަތު ޔުކްރެއިންއާއި އެހެން ގައުމުތަކާ މެދު ގެންގުޅޭ ތަފާތު ކުރުމުން ހާމަވެގެން ދެއެވެ.