ޓައިވާންގައި ހަމަނުޖެހުން އުފައްދައި ޓައިވާނާއި ޗައިނާގެ ކުރިމަތި ލުމެއް މެދުވެރި ކުރުމަށް އެމެރިކާއިން މަސައްކަތް ފަށައިފިއެވެ. އެމެރިކާގެ ކުރީގެ އަދި މިހާރުގެ އޮފިޝަލުން ޕޮލިޓިކޯއަށް ވިދާޅުވާ ގޮތުގައި، ރަޝިޔާގެ ފައުޖުތައް ހުއްޓުވުމުގައި ޔޫކްރެއިންގެ ކާމިޔާބީއަކީ ޗައިނާގެ ހަމަލާއަކަށް ރައްދު ދިނުމުގެ މިސާލެއްކަމަށް ބެލުމަށް އެމެރިކާގެ މަސްއޫލުވެރިން ގެންދަވަނީ ޓައިވާންގެ މަސްއޫލުވެރިންނަށް ވިސްނައިދީ އެމަކަށް ބާރު އަޅުއްވަމުންނެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރަޝިއާގެ ނާކާމިޔާބީތަކާ މެދު ފުންކޮށް ވިސްނައި، ޗއިނާއިން އަޅަން ޖެހޭ ދިފާއީ ފިޔަވަޅު ރަނގަޅު ކުރުމަށް ބެއިޖިން އިން ވެސް ކަންކަން މުރާޖައާ ކުރާނެއެވެ.
ޕްރިންސްޓަން ޔުނިވާސިޓީގެ ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް އެފެއާޒްގެ ޕްރޮފެސަރެއް ކަމަށްވާ އޭރޮން ފްރެޑްބާގް ވިދާޅުވާ ގޮތުގައި ޗައިނާއިން ތައިވާން ހިފުމަކީ މީގެ ތިން މަސް ކުރިން ހީވެފައި އޮތް ވަރަށް ވުރެން މިހާރު ޔަގީންކަން މާ ބޮޑުވެފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވެއެވެ. އަދި މިފަދަ ކަމަކީ ޗައިނާއަށް ކުޑަ ޗެލެންޖެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
ޓައިވާންގެ އަސްކަރިއްޔާ އަލުން ބައްޓަން ކުރުމާ ބެހޭ ގޮތުން އެމެރިކާއިން މަޝްވަރާތައް ދެމުން ގެންދެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އޭޝިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ފައްޓަވާފައެވެ.
މިއީވެސް ސަލާމަތީ ކަންތައްތަކާ މެދު މަޝްވަރާ ކުރައްވާނެ ދަތުރުފުޅެކެވެ. ދެކުނު ކޮރެއާއަށް ފަހު ޖަޕާންގައި ކުއޯޑްގެ ސަމިޓެއް ބާއްވަވާނެއެވެ.