ގަލޮޅުގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގަލޮޅުގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު 11:57 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ނިޔާވެފައިވަނީ ދިވެހި ފިރިހެނެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެމީޙާގެ މަރާ ގުޅިގެން ތަހުގީގު ކުރަންޖެހޭ ކަންކަން ފުލުހުންދަނީ ކުރަމުންނެވެ. މީގެ އިތުރުން މިއަދު މާލޭ ފަޅުތެރޭގައި 58 އަހަރުގެ އިނގިރޭސިވިލާތު ފިރިހެނެއް މަރުވެފައި އޮއްވާވެސް ވަނީ ފެނިފައެވެ.