މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

އެމްޑީޕީން ބުނެފައިވަނީ ފައްޔާޒް، ޗެއާޕާސަންގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެން، ސެކްރެޓޭރިއެޓްގެ ވެރިންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އެމްޑީޕީ ޗެއާޕާސަން އިންތިހާބު ފައްޔާޒް ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވައެވެ.

ފައްޔާޒަށް މި އިންތިހާބުގައި ޖުމުލަ 27،841 ވޯޓު ލިބުނު އިރު އިމްތިޔާޒަށް ލިބުނީ 20،425 ވޯޓެވެ.