ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލަސާނީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ ބައްދަލު ކުރައްވައިފިއެވެ.

ގަތަރުގެ އަމީރު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ޔޫރަޕްގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައެވެ.

ޝައިޚް ތަމީމް ވަނީ ހަކަތައިގެ ސަލާމަތާއި އެނޫންވެސް ދުނިޔޭގެ މަސްރަހުގެ މައްސަލަތަކާއި އަފްޣާނިސްތާނުގެ ހާލަތު ހިމެނޭ ގޮތަށް އިނގިރޭސި ބޮޑުވަޒީރާއި މަޝްވަރާތަކެއް ކުރައްވާފައެވެ.

އިނގިރޭސި ބޮޑުވަޒީރު ސިފަކުރެއްވި ގޮތުގައި ގަތަރަކީ ދަތި އުނދަގޫ ހާލަތްތަކުގައި ވެސް އިނގިރޭސިވިލާތުގެ މުހިންމު ބައިވެރިއެކެވެ.