މަކުނުވިދުރީގެ ފުރަތަމަ ކޭސް ޔޫއޭއީގާއި ފެނިއްޖެއެވެ. ޔޫއޭއީގައި ފެނުނު ކޭސް އަކީ ދެކުނު އެފްރިކާއިން ދަތުރު ކޮށްފައި އައި މީހެއްކަމަށް ނޫސް އެޖެންސީތަކުން ޚަބަރު ދެއެވެ.
ޔޫއޭއީއަކީ ގަލްފުގެ ގައުމުތަކުން މި ބަލި ފެނުނު ފުރަތަމަ ގައުމެވެ. މެދުއިރުމަތިން ފުރަތަމަ ކޭސް ފެނިފައި ވަނީ އިޒްރޭލުންނެވެ.
އަލަށް މަކުނުވިދުރި ފެނުނު އެހެން ގައުމުތަކަކީ ޗެކް ރިޕަބްލިކްއާއި ސޮލޮވީނިއާއެވެ.
ބެލްޖިއަމްއަކީ މަކުނުވިދުރި ޖެހުމުން ކަރަންޓީން މަޖުބޫރުކުރާ ފުރަތަމަ ގައުމެވެ.
ޑަބްލިއުއެޗްއޯއިން ބުނަނީ އަދި މިބައްޔަށް ވެކްސިން ޖެހުން މަޖުބޫރެއް ނޫން ކަމަށެވެ.