އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް މަރާލަން އިސްލާމިކް ސްޓޭޓްގެ ހަމްދަރުދީވާ މީހަކު ރޭވި ރޭވުން އެފްބިއައިން ނާކާމިޔާބު ކޮށްފިއެވެ. އޮހާޔޯގައި ދިރިއުޅޭ އިރާގްގެ މިމީހާއަކީ އެމެރިކާއިން ހިމާޔަތް ހޯދުމަށް އޭނާގެ ޑޮކިއުމެންޓްތައް ހުށަހަޅައި ޕެންޑްވެފައި ހުރި މީހެކެވެ. އޭނާ މީހުންނށް ކިޔައި ދިން ގޮތުގައި އޭނާއަކީ ޤަތަރުގައި އޮންނަ އައްރަޢްދު ނަމަކަށް ކިޔާ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ.

ތުހުމަތު ކުރެވޭ މީހާއަކީ އުމުރުން 52 އަހަރުގެ ޝިހާބު އަހުމަދު ޝިހާބު ނަމަކަށް ކިޔާ އިރާގުގެ ރައްޔިތެކެވެ. އެނާ މިހާރު ހުރީ ބަންދުގައެވެ. އެފްބީއައި އިން އޭނާގެ ޕްލޭން ފެއިލްކޮށްލުމަށް ޖާސޫސީ މައުލޫމާތާއި އިލެކްޓްރޯނިކް ސާވޭލަންސް ބޭނުންކޮށްފައިވެއެވެ.

ޝިހާބު ބުނާގޮތުން އޭނާ ބުޝް އަވަހާރަކޮށްލަން ބޭނުން ވަނީ އިރާގްގެ އެތައް ބަޔަކު މަރައި އެ ގައުމު ސުންނާފަތިކޮށްފައި ވާތީއެވެ. އަދި މެކްސިކޯއިން އޭނާ މި އޮޕަރޭޝަނަށް އެތެރެ ކުރި މީހުންނާއެކު، އަމިއްލައަށްވެސް ބައިވެރިވާން އުންމީދު ކުރާ ކަމަށް ބުންޏެވެ.

ޝިހާބު ވަނީ ފުލުހުންގެ ފޭކް ފުލުހުންގެ ބެޖްތައް ހޯދަން މަސައްކަތް ކޮށްފައި ކަމަށްވެސް އެފްބީއައިން ބުނެއެވެ.

އެމެރިކާއަށް މެކްސިކޯ މެދުވެރިކޮށް ވަގަށް އެތެރެކުރުމަށް އޭނާ މަސައްކަތް ކުރީ ބަޣުދާދީ މަރާލުމުގެ އޮޕަރޭޝަންތަކުގެ ތަޖުރިބާ ހުރި އިރާގުގެ ކުރީގެ އިންޓެލިޖެންސް އޭޖެންޓުންގެ ދެ މީހުންނެވެ.

މި އޮޕަރޭޝަން ހިންގަން އުޅުނު މީހުން ވަނީ ބުޝް ދިރިއުޅުއްވާ ގެއާއި، ޖޯޖް ޑަބްލިޔޫ ބުޝް އިންސްޓިޓިއުޓްގެ ވީޑިއޯ ނެގުމަށްޓަކައި ޓެކްސަސްގެ ޑަލަސްގައި ހަރަކާތްތެރިވެފައެވެ.

މި މައްސަލާގައި މީހުން ވަގަށް އެތެރެ ކުރުމުގެ ކުށުގައި ޝިހާބަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި އިތުރު 20 ލިބޭނީ އެމެރިކާ މަސްއޫލުވެރިއަކު މަރާލަން އުޅުނު ކަމުގެ ކުށަށެވެ.