ބޭނުންވާ ތަކެތި

3 ޖޯޑު ފުލްކްރީމް މިލްކް

½ ޖޯޑު ހަކުރު

5 މޭޒުމަތީސަމުސާ ކޯން ފްލާ

1 މޭޒުމަތީސަމުސާ ވެނީލާ އެސެންސް

½ 1 މޭޒުމަތީސަމުސާ ބަޓަރ

1 ދަޅު ނެސްޓަލް ކްރީމް

½ ޖޯޑު ނަޓް

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ ތެއްޔަކަށް ހަކުރާއި ކިރު އަދި ކޯންފްލާ އެޅުމަށްފަހު ރަނގަޅަށް ގިރާށެވެ. ރަނގަޅަށް ގިރުމުން އުނދުންމައްޗަށް އުދާށެވެ. ދެން މަޑުގިނިމަތީގައި ބަހައްޓައިގެން ދޭފަތަކުން ހަލަމުން ކައްކާ އޮލަ ކުރާށެވެ. ދެ ތިން މިނެޓް ތެރޭ އޮލަ ވާނެއެވެ. ދެން ވެނީލާ އެސެންސާއި ބަޓަރ އަޅާށެވެ. އަދި ނެސްޓަލް ކްރީމްވެސް އަޅާށެވެ. އެއަށްފަހު އަނެއްކާވެސް ދެމިނެޓެއްހާއިރު ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ. މިލްކް ޕުޑިން ހޫނުކޮށް ހުއްޓާ ތަށިތައްޓަށް އަޅަންވާނެއެވެ. ދެން ހިހޫވުމުން އައިސްއަލާމާރިއަށްލާ ފިނިކޮށްލާށެވެ. ފިނިވުމުން ނަގާ، ކެއުމުގެ ކުރިން ޕުޑިން ތަށިތައް ޑެކެރޭޓް ކޮށްލާށެވެ. ޑެކެރޭޓް ކުރާނީ މޭވާ ނުވަތަ ނަޓްސް އަޅައިގެނެވެ.