އެމެރިކާގެ ކެންޓަރކީގެ ޖެފަރސަން ކައުންޓީގައި ޓީޗަރަކު ކަޅު ނަސްލުގެ ދަރިވަރަކާ މެދު ނަސްލީ ދެކޮޅުވެރިކަމުގެ ބަސްތައް ބޭނުން ކޮށްފައިވާ ވީޑިއޯއެއް ހާމަވުމާ ގުޅިގެން ސްކޫލުން އެމައްސަލަ ބަލަން ފަށައިފިއެވެ.
އެމެރިކާގެ މުސްލިމުންގެ ޖަމުއިއްޔާ ކެއަރއިން ބުނެފައި ވަނީ ކަޅު ނަސްލުގެ މީހުންނާއި ޔހޫދީންނާ ދެމެދު ކުރެވޭ ނަސްލީ ދެކޮޅުވެރިކަމަށް އެ ޖަމާއަތުން ރައްދު ދޭ ކަމަށެވެ.
މުސްލިމުން ވަނީ ސްކޫލުގެ ޓީޗަރުންނަށް ނަސްލީ ދެކޮޅުވެރިކަމާ ބެހޭ މައުލޫމާތު ދިނުމަށް ޚާއްސަ ކަރިކިއުލަމެއް ހަދައި ޓީޗަރުން އަހުލުވެރި ކުރުމަށް ގޮވާލާފައެވެ.