ޔަހޫދީން މާދަމާ ގުދުސްގައި ބާއްވާ ދިދަ ހިފައިގެން ހިނގާލުން ނާކާމިޔާބު ކޮށްލުމަށް ފަލަސްތީނުގެ ވީހާވެސް ގިނަ ބަޔަކު ޤުދުސްއަށް ދިއުމަށް ޙަމާސްއިން ގޮވާލައިފިއެވެ. މިއަދު ހަމާސް އިން ނެރުނު ބަޔާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލާފައި ވަނީ ގުދުސްގެ ދިފާއުގައި ފަލަސްތީނާއި ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ފަލަސްތީނު މީހުން އެއްވެ، އިސްލާމީ މުގައްދަސް ތަންތަނާއި ކްރިސްޓިއަން ފައްޅިތަކުގެ ދިފާއުގައި ހިނގާލުން ބޭއްވުމަށެވެ.

ޙަމާސްއިން ވަނީ އިޒްރޭލުގެ މުސސްތަގްބަލާ މެދު ސަމާލުވެ، ޔަހޫދީން ގުދުސްގައި ދިދަ ހިފައިގެން ހިނގާލުން ނުބޭއްވުމަށް އެދިފައެވެ.

ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުންނަށް ގޮވާލާފައި ވަނީ ގުދުސްއަކީ ޔަހޫދީ ތަނެއްކަމަށް ހެދުމަށް އިޒްރޭލު ކުރަމުންދާ މަސައްކަތް ނާކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށެވެ.

އިޒްރޭލުން ގުދުސްގައި ދިދަ ހިފައިގެން ހިނގާލުން މި ބާއްވަނީ އިޒޒްރޭލުން ގުދުސް ހިފި މުނާސަބާ ފާހަގަ ކުރުމުގެ ގޮތުންނެވެ.