ޕެރިސް ލޫވަރ މިއުޒިއަމްގެ ކުރީގެ ޑިރެކްޓަރގެ މައްޗަށް މިސްރުން އާސާރީ ތަކެތި ވަގަށް ނެގި ކަމަށް ތުހުމަތުކޮށް ވަޒީފާއިން އެކަހެރިކޮށްފިއެވެ.
ފަރަންސޭސި މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ޖީން ލޫކް މާޓީނޭ ވަނީ މިސްރުގައި އަރަބް ސްޕްރިންގެ މުޒާހަރާތައް ހިނގަމުން ދޔަ ދުވަސްވަރު މިސްރުން އަގު ނުކުރެވޭ ވަރުގެ ނާދިރު އާސާރީ ތަކެތި އޮޅުވާލައިގެން މިސްރުން ބޭރުކޮށްފައެވެ.
އޭނާ ވަގަށް ނެގި ސާމާނުގެ ތެރޭގައި މިސްރުގެ ޒުވާން ފިރުއައު ތޫތު އަންޣް އާމޫންގެ ސިއްކަ ޖެހިލިޔުމެއްވެސް ހިމެނެއެވެ.
ފަރަންސޭސިވިލާތުން ވަނީ މާޓިނޭއާއެކު ތަހުގީގު ފަށާފައެވެ.