އިނގިރޭސިވިލާތުން ވަނީ އިސްލާމީ ޙަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް ޙަމާސް ޓެރަރިސްޓް ޖަމާއަތުގެ ލިސްޓްގައި ނުހިމެނުމަށް އިނގިރޭސިވިލާތުން އެތައް މަހެއް ވަންދެން މަސައްކަތް ކޮށްފައިވާ ކަން ހާމަވެއެވެ. އިނގިރޭސިވިލާތުން ގެންގުޅުނު ވިސްނުން ބަދަލުކޮށް ޙަމާސް ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމާފައި ވަނީ މީގެ 30 ވަރަކަށް އަހަރު ކުރިންނެވެ.
މި ކަމަށް އެންމެ ބޮޑަށް ބާރުއަޅައި ޙަމާސްގެ ނަން ކިލަނބު ކުރުމަށް މަސައްކަތް ކޮށްފައި ވަނީ ޕީއެލްއޯއާއި އިޒްރޭލުން ކަމށް އިނގިރޭސިވިލާތުގެ ރެކޯޑްތަކުން ދައްކައެވެ.
އިނގިރޭސި ހާރިޖީ ވުޒާރާއިން ޙަމާސާ މެދު ދެކެފައި ވަނީ އެއީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ހަމަލަދޭ ޖަމާއަތެއް ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބީބީސީން ހޯދާފައިވާ ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި 1993 ވަނަ އަހަރު އިނގިރޭސިން ފަލަސްތީނުގެ މައިދާނުގައި ހަމާސްގެ ނުފޫޒު އޮތްމިންވަރު ބަލައިގަނެ، ޙަމާސްއާއެކު ކުރިން ދުވަހަކުވެސް ބާއްވާފައި ނުވާފަދަ މަޝްވަރާތަކެއް ބާއްވާފައި ވެއެވެ.
އެއިރު ހަމާސް ޓެރަރިސްޓް ޖަމާއަތެއްކަމުގައި ނިންމާނީތޯ ނުވަނަ ނުނިންމާނީތީއާ މެދު އިނގިރޭސި ޚާރިޖީ އޮފީހުގެ ޑިޕާޓްމަންޓް އޮފް ރިސާޗް އެންޑް އެނަލިސިސްގެ ޑިޕާޓްމަންޓް އޮފް ސެކިއުރިޓީ ކޯޑިނޭޝަން އާއި މެދުއިރުމަތީގެ ސެކްޝަނާ ދެމެދު ވަނީ ދެބަސްވުމެއް އުފެދުނެވެ.
އެންމެ ފަހުން އިނގިރޭސިވިލާތުގައި ކަން ނިންމަން ތިބި ޔަކަށް ބުރަވެވުނީ 1987 ވަނަ އަހަރާއި 1993 ވަނަ އަހަރާ ދެމެދު ހުޅަނގު އައްސޭރިއާއި، ޣައްޒާ އާއި އަރަބި ސަރަހައްދުތައް ހިމެނޭ ގޮތަށް ހިންގި ފުރަތަމަ އިންތިފާޟާގައި ހަމާސް ހަތިޔާރު ބޭނުން ކޮށްފައިވާތީ އެއީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ހަދާށެވެ.
މިބަހުސްތަކުގެ ތެރޭގައި ހިޒްބުﷲއާއި ޙަމާސްއާ ދެމެދު ތަފާތު އޮތް ކަމަށްވެސް ބަހުސް ކުރެވުނެވެ. އެއީ ހަމާސްއިން އެހާތަނަށް ދުވަހަކުވެސ އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފިޔަވައި އެހެން ފަރާތަކަށް ހަމަލަ ދީފައި ނުވާކަމަށާއި އަދި އެއްވެސް އަރަބި ގައުމެއްގައިވެސް ހަމަލައެއް ދީފައި ނުވާ ކަމަށެވެ.
އެއާ ޚިލާފަށް ޙިޒްބުﷲއަކީ އަރަބި ގައުމުތަކުގައިވެސް ހަމަލަ ދީ ހަދާ ޖަމާއަތެއްކަމަށް ބުނެފައި ވެއެވެ.